‫‪ 4.2‬ތަފާތުނުކުރުން‬ ‫ ‪ 201668.‬ވަނަ އަހަރު ސަރުކާރުން ވަނީ ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން‬ ‫ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ‪ 79.‬އަދި ސަރުކާރުން ‪ 2021‬ވަނަ އަހަރު ދިވެހި ސިވިލް ސަރވިސްގެ ބައެއް މަޤާމުތަކަކީ‪،‬‬ ‫ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ މަޤާމުތަކެއްގެ ގޮތުގައި ކަނޑައެޅޭގޮތަށް ދިވެހި ސިވިލް ސަރވިސްގެ‬ ‫ޤަވާޢިދު އިޞްލާޙުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪80‬‬ ‫ ‪69.‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުން ނުކުޅެދުންތެރިކަން‬ ‫ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް އުފެއްދުން ލާޒިމުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުން އެ ކައުންސިލްގައި‬ ‫ތަމްސީލުކުރުމަށް ފުރުޞަތު ލިބުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް‬ ‫އެޅިފައިވާ ހެޔޮ ފިޔަވަޅެއްކަން ފާހަގަކުރެވިފައިވެއެވެ‪ .‬އެހެންނަމަވެސް‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ‬ ‫ކައުންސިލްގައި އަންހެނުން ނުވަތަ ވަކި ސަރަހައްދުތަކުން މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރުން ލާޒިމެއް ނުކުރެއެވެ‪ .‬އެހެންކަމުން‪،‬‬ ‫ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ‬ ‫ބައިވެރިވުން އެންމެ ފުރިހަމަ ގޮތުގައި ތަމްސީލު ނުކުރެވޭނެކަން ފާހަގަކުރެވެއެވެ‪.‬‬ ‫ ‪70.‬ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މުޖުތަމަޢުން ކަނޑައަޅާފައި ހުންނަ ދައުރުގެ ހަމަހަމަކަމާ ގުޅޭގޮތުން ހުރި ނޭދެވޭ‬ ‫ތަފާތުކުރުންތައް ނައްތާލުމުގެ ގޮތުން ސަރުކާރުގެ ކަންކަން ހިންގުމަށް ލަފާދޭ ބޯޑުތައް ނުވަތަ ރައްޔިތުން ހޮވާ މަޤާމުތަކުގައި‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް ހުރިހާ ދާއިރާއެއްގައި އަޅާފައިނުވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪81‬‬ ‫ ‪71.‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ނަފްސާނީ‬ ‫ދުޅަހެޔޮކަމަށް އެންމެ ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ‪ .‬ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ޤާނޫނެއް އެކުލަވާލާފައި‬ ‫ނެތަސް ‪ 2017‬ވަނަ އަހަރު ނެޝަނަލް މެންޓަލް ހެލްތް ޕޮލިސީ ‪ 2015-2025‬އެއް އެކުލަވާލާފައިވެއެވެ‪.‬‬ ‫ ‪72.‬ޤާނޫނު ނަންބަރު ‪( 11/2008‬އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލުމާއި މައްސަލަ‬ ‫ހުށަހެޅުމާ ގުޅޭގޮތުން ވަކި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ‪ .‬އެހެންނަމަވެސް ނުކުޅެދުންތެރިކަން ހުންނަ‬ ‫މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވާލާފައި ނެތްކަމުގައި ވިޔަސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު‬ ‫ކަށަވަރުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ‪.‬‬ ‫ ‪73.‬ނުކުޅެދުންތެރިކަން ހުންނަ މީހުން މަތީ ތަޢުލީމު އަދި ތަމްރީނުގެ ފުރުޞަތު ދެމެހެއްޓެނިވި ގޮތަކަށް ތަނަވަސްކުރުމުގެ ގޮތުން‬ ‫ވަކިން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪82‬‬ ‫ ‪ 202074.‬ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ހެލްތް ޕްރޮޓެކްޝަން އޭޖަންސީއިން‬ ‫ތައްޔާރުކޮށްފައިވާ އިންޕެކްޓް އޮފް ކޯވިޑް‪ 19-‬އޮން ޕަރސަންސް ވިތް ޑިސްއެބިލިޓީ އިން މޯލްޑިވްސްގައި ފާހަގަކޮށްފައިވާ‬ ‫ގޮތުން ކޯވިޑް‪ 19-‬ރެސްޕޮންސްގެ ޕްލޭނިންގ ޕްރޮސެސްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފޯކަސްއެއް‬ ‫ދެވިފައިނުވާކަމާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެން‪.‬އީ‪.‬އޯ‪.‬ސީ)ގެ ސްޓްރަކްޗަރގައި ނުކުޅެދުންތެރިކަން ހުންނަ‬ ‫މީހުންނަށް ޚާއްޞަ ޕްރޮޓެކްޝަން ކްލަސްޓަރއެއް ހިމެނިފައިނުވާކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪83‬‬ ‫‪33‬‬

اختر الفقرة المستهدفة3