‫ ‪64.‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު އިޞްލާޙުކުރުމުގެ‬ ‫މަސައްކަތް ކުރެވިފައިވެއެވެ‪ .‬ބައެއް މަދަނީ ޖަމްޢިއްޔާތަކުން ޤާނުނަށް ހުށަހަޅަންފެންނަ އިޞްލާޙުތަކުގެ ބިލަށް ކޮމެންޓްކޮށް‬ ‫ރައްޔިތުންގެ މަޖިލީހާ ޙިއްޞާ ކުރެވިފައިވީނަމަވެސް ޤާނޫނު އިޞްލާޙުކުރުމުގެ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށް‬ ‫ނުގެންދެވޭކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪76‬‬ ‫ ‪65.‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު‪،‬‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި އަދި ރެޒިޑެންޝަލް ކެއަރ ސެންޓަރުތަކުގައި ތިބޭ‬ ‫މީހުންގެ ފަރުވާ ނިމުމަށްފަހު ޢާއިލާއިން ޙަވާލުނުވާ ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ޒިންމާދާރުކުރުމަށްޓަކައި‬ ‫ޢަމަލުކުރާނެ އިޖުރާއަތްތަކެއް މި ޤާނޫނުގައި ހިމަނާފައިނުވާތީ އާއި‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައިންބަފައިންނާއި‬ ‫ބެލެނިވެރިންގެ ޒިންމާތަކާއި އެ ޒިންމާތައް ބަޔާންކޮށް‪ ،‬އެ ޒިންމާތައް އަދާކުރާކަން މޮނިޓަރކުރެވޭނެ ގޮތެއް ބަޔާންކޮށްފައި ނުވާތީ‬ ‫މި ކަންކަމާގުޅޭ އުޞޫލުތައް މި ޤާނޫނުގައި ބަޔާންކުރުމަށް ހުށަހަޅާފައިވާނެއެވެ‪ .‬މީގެ އިތުރުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި‬ ‫ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރެޒިޑެންޝަލް ކެއަރ ދިނުމަށް ޚާއްޞަ މަރުކަޒެއް ޤާއިމްކުރުމާއި‪ ،‬ނަފްސާނީ‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރެޒިޑެންޝަލް ކެއަރ ދިނުމަށް ޚާއްޞަ މަރުކަޒެއް ޤާއިމްކުރުމަށް ލާޒިމްކޮށްފައި ނުވާތީ‬ ‫މިފަދަ މަރުކަޒުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ‪( 1‬އެކެއް) އަހަރުތެރޭގައި ޤާއިމްކުރުމަށް އިޞްލާޙު ހުށަހަޅައި‪ ،‬މި ޤާނޫނު‬ ‫ރިވިއުކުރުމަށްފަހު ޖުމްލަ ‪ 50‬އިޞްލާޙަކާއެކު ކޮމިޝަނުގެ ހުށަހެޅުންތައް ‪ 25‬މާރިޗު ‪ 2021‬ގައި ކަމާގުޅުންހުރި އިދާރާތަކާ‬ ‫ވަނީ ޙިއްޞާކުރެވިފައެވެ‪.‬‬ ‫ ‪66.‬ނުކުޅެދުންތެރިކަންހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރު ބަލައި‪ ،‬އެ ކަންކަން‬ ‫ހިންގުމަށްޓަކައި “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް” ގެ ނަމުގައި ކައުންސިލެއް‬ ‫އުފައްދައިފައިވެއެވެ‪ .‬ކައުންސިލް އެކުލެވިގެންވަނީ ތަފާތު ދާއިރާތަކުން އައްޔަންކުރެވޭ ‪ 7‬މެންބަރުންގެ މައްޗަށެވެ‪ .‬އެއީ‬ ‫ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރަކާއި‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުންނާގުޅޭ އެންމެހައި ސިޔާސަތުތައް‬ ‫ކަނޑައެޅުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިސްޓްރީއިން މެމްބަރަކާއި‪ ،‬ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ‬ ‫ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި‪ ،‬ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރުންގެ ތެރެއިން‪ ،‬އެމީހުން އިންތިޚާބުކުރާ‬ ‫މެންބަރަކާއި‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ ޚިދުމަތްދޭ މަދަނީ‬ ‫ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަތަކާއި‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި‪،‬‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެކެވެ‪.‬‬ ‫‪77‬‬ ‫ ‪67.‬ޢާންމު ގޮތެއްގައި ޑިސެބިލިޓީ ކައުންސިލް ހިނގަމުންދާ ދައުރު ހަމަވުމުގެ ކުރިން ދެންއޮންނަ ދައުރަކަށް މެންބަރުން ޢައްޔަންކުރެވުނު‬ ‫ނަމަވެސް‪ 2020 ،‬ވަނަ އަހަރު ޑިސެންބަރު މަހަށް ކައުންސިލުގެ ދައުރު ހަމަވެފައިވީނަމަވެސް ‪ 2021‬ވަނަ އަހަރުގެ ޖޫން މަހާ‬ ‫ހަމައަށް އައިއިރުވެސް އައު ދައުރަކަށް މެންބަރުން ޢައްޔަން ކުރެވިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪32‬‬ ‫‪78‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

اختر الفقرة المستهدفة3