ކުއްޖާގެ ޚަރަދަށާއި ކުއްޖާ ބެލުމުގެ ޚަރަދަށް ،އެއް ކުއްޖަކު ހުރިނަމަ ،މަހަކު 2000/-ރުފިޔާ ،އަދި އެއް ކުއްޖަކަށްވުރެ ގިނަ
ކުދިން ތިބިނަމަ ،އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1000/-ރުފިޔާއަށްވުރެ މަދުނޫން ޢަދަދެއް ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
54.ޤަވާޢިދު ނަންބަރު ( 2015/R-24ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރި ރެޖިސްޓްރީ ކުރުމުގެ ޤަވާޢިދު)ގެ 32ވަނަ މާއްދާގެ(ހ)
ގައި އެއް އަނތްބަށްވުރެ ގިނަ އަނބިންނާއި ކައިވެނިކުރަން ހުށަހަޅާ މީހުންގެ ޝަރުޠުތަކުގެ ތެރޭގައި އެމީހެއްގެ އަނބި
ދަރީންނަށް ކުރަންޖެހޭ ޚަރަދުކުރަމުން އަންނަ މީހަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ .ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން 2015އިން 2019އަށް ޝާއިޢުކޮށްފައިވާ ޝަރުޢީ ދާއިރާގެ ތަފާސް ހިސާބަށް ބަލާލާއިރު ކޮންމެ
އަހަރަކު އެވެރެޖްކޮށް 169މީހުން އެއް އަންބަތްވުރެ ގިނަ އަނބިންނާ ކާއިވެނިކޮށްފައިވެއެވެ.
62
55.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2019ވަނަ އަހަރު ޝާއިޢުކޮށްފައިވާ ސަރކިއުލަރގައި އެއް އަނތްބަށް ވުރެ ގިނަ އަނބީންނާ
ކާވެނިކުރާ ފިރިހެނާއަކީ އަނބިދަރިންނަށް ޚަރަދުކުރަމުންދާ މީހެއްތޯ ސާފުކުރުމަށް އަނބިމީހާގެ ބަޔާން ނެގުމާގުޅޭ ގޮތުން
ބަޔާންކޮށްފައިވަނީ ޢާއިލާއާބެހޭ ޤަވާޢިދުގެ 19ވަނަ މާއްދާގެ (ހ)ގެ ދަށުން ،އެއް އަނތްބަށް ވުރެ ގިނަ އަނބީންނާއި ކައިވެނިކުރާ
ފިރިހެނާއަކީ އަނބިދަރިންނަށް ޚަރަދުކުރަމުންދާ މީހެއްތޯ ސާފުކުރުމަށް މީގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓުތަކުން އަނބިމީހާގެ
ބަޔާން ނަގަމުންދިޔަ ނަމަވެސް މިހާރަކަށް އައިސް ބައެއް ކޯޓުތަކުން ،ކޯޓުގައި ޚަރަދުގެ ރެކޯޑެއްނެތްނަމަ އެއީ އަނބިދަރީންނަށް
ޚަރަދުކުރާ މީހެއްކަމުގައި ބަލައި ،އަނބިމީހާގެ ބަޔާން ނެގުމަކާ ނުލައި ،ކައިވެނިކޮށްދެމުން ދާކަން ފާހަގަކުރެވިފައިވާތީ ،އެއް
އަނތްބަށް ވުރެ ގިނަ އަނތްބަށް ކައިވެނިކުރަން އެދި ކޯޓަށް ހުށަހެޅޭ ޙާލަތްތަކުގައި ،ޢާއިލާއާބެހޭ ޤަވާޢިދުގެ 19ވަނަ މާއްދާގެ
(ހ)ގައިވާ ގޮތުގެމަތިން އެއް އަނތްބަށް ވުރެ ގިނަ އަނތްބަށް ކައިވެނިކުރަންއުޅޭ ފިރިހެނާއަކީ އެ ފިރިހެނާ އިނދެގެންއުޅޭ
އަނބިމީހާއަށާއި ދަރިންނަށް ކުރަންޖެހޭ ޚަރަދު ކުރަމުންގެންދާ މީހަކުކަން ކަށަވަރުކޮށް ،ޔަޤީންކުރުމުގެ ގޮތުން ،އެ ފިރިހެނާ
އިނދެގެން އުޅޭ އަނބިމީހާގެ ބަޔާނެއް ކޯޓުން ނަގަންޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމެވެ.
63
56.ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން 2015އިން 2019އަށް ޝާއިޢުކޮށްފައިވާ ޝަރުޢީ ދާއިރާގެ ތަފާސް
ހިސާބަށް ބަލާލާއިރު ދަރިންގެ ޚަރަދާ ގުޅޭގޮތުން އެވެރެޖްކޮށް އަހަރަކު 456މައްސަލަ
ކެނޑުމާގުޅޭގޮތުން 85މައްސަލަ ހުށަހަޅާފައިވެއެވެ.
ހުށަހެޅިފައިވާއިރު ،ދަރިންގެ ޚަރަދު
64
57.ޤާނޫނު ނަންބަރު ( 2/2014އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު)ގެ 10ވަނަ މާއްދާގެ ދަށުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި
ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން
ޝަރުޠުހަމަވާ ކޮންމެ ކުއްޖަކަށް މީލާދީ
މަހެއްގެ ތެރޭގައި ލިބެނީ 1000ރުފިޔާއެވެ .އަދި 11ވަނަ މާއްދާގެ ދަށުން އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މީލާދީ
މަހެއްގެ ތެރޭގައި މާލީ އެހީގެ ގޮތުގައި ލިބިދެވޭނީ ގިނަވެގެން 10,000ރުފިޔާއެވެ .އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން އެކަނިވެރި
މައިންނާއި ކުދިންނަށް ދެވޭ އެހީ ލިބެނީ ޖުމްލަ 4965ކުދިންނަށެވެ.
65
58.ޢާއިލާއާބެހޭ ޤާނޫނުގެ 22ވަނަ މާއްދާގައި ދިވެހިރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކު ކައިވެންޏެއް ކޮށްފިނަމަ އަދި ކައިވެނިކުރީ
ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުންނަ ޤައުމެއްގައި ކަމަށްވާނަމަ ،ކާވެނިކުރާ ދުވަހުން ފެށިގެން ދެމަސް ދުވަހުގެ ތެރޭގައި އެ
ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ،އެ ކައިވެންޏެއް ކުރިފަރާތުން އެ އޮފީހެއްގައި ރަޖިސްޓަރީ
ކުރުމަށް ހުށަހަޅަންވާނެއެވެ .އަދި ކައިވެނިކުރީ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއްނެތް ޤައުމެއްގައި ކަމަށްވާނަމަ ،ކައިވެނިކުރާ
ދުވަހުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި އާ ކައިވެންޏެއް ،މި މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށް
ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ .މި ޤާނޫނުގެ 62ވަނަ މާއްދާގެ ދަށުން
ހުރުމަކީ ކުށެއްކަމާއި ،މި ކުށުގެ އަދަބަކީ 1000/-ޖޫރިމަނާ ކުރުމެވެ.
ކައިވެނި ރަޖިސްޓްރީކުރުމަށް ހުށަނާޅައި
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން
2015އިން 2019ޝާއިޢުކޮށްފައިވާ ޝަރުޢީ ދާއިރާގެ ތަފާސް ހިސާބަށް ބަލާއިރު ،ދެ ދިވެހިން ބޭރުގައި ކުރާ ކައިވެނި
ރެޖިސްޓްރީ ކުރަން އެވެރެޖްކޮށް އަހަރަކު 58ކައިވެންޏެއް ހުށަހަޅައެވެ 66.ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރެޖިސްޓްރީކުރުން
ލަސްވާނަމަ އޭގެ ސަބަބުން ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ރެޖިސްޓަރކުރުމަށާއި ،އައިޑެންޓީޓީ ކާޑު ހެއްދުމަށާއި ޕާސްޕޯޓް
ހެއްދުމަށް އަސަރުކުރެއެވެ.
67
59.ކޯޓުން ބޭރުގައި ކައިވެނިކުރުމާ އަދި ކުޑަކުދިންނާ ކައިވެނިކުރުމާ ބެހޭ ތަފާސް ހިސާބު ލިބެންނެތްކަން ފާހަގަކުރެވެއެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
68
29