‫ ‪44.‬އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދަޢުވާކުރެވޭ އަދަދު މަދުކަން ފާހަގަކުރެވުނެވެ‪ 2015 .‬އިން‬ ‫‪ 2020‬އާއި ދެމެދު އަންހެނުންނަށް އަނިޔާކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބެލި މައްސަލަތަކުގެ ތެރެއިން ދަޢުވާކުރަން‬ ‫ފޮނުވާފައިވަނީ ހަމައެކަނި ‪ 14%‬މައްސަލަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮމިޝަނާއި ހިއްސާކޮށްފައިވާ މަޢުލޫމާތުން‬ ‫ފާހަގަކުރެވުނެވެ‪ 2016 .‬އާއި ‪ 2019‬އާއި ދެމެދު އަންހެނުންނަށް އަނިޔާ ކޮށްފައިވާ ‪ 60‬މައްސަލައެއްގެ ދަޢުވާކޮށްފައި ވާއިރު‪،‬‬ ‫ކުށް ސާބިތުވެފައިވަނީ ‪ 10‬މައްސަލައެއްގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ލިބިފައިވެއެވެ‪ .‬މިފަދަ‬ ‫މައްސަލަތަކުގައި ދަޢުވާކުރުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި‪ ،‬ޢާއިލާއިން ނުވަތަ ތުހުމަތުކުރެވޭ ފަރާތުން އަނިޔާ ލިބުނު ފަރާތަށް‬ ‫ނުފޫޒު ފޯރުވައިގެން މައްސަލަ އަނބުރާ ގެންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ‪ .‬ނަމަވެސް‪ ،‬ވިޓްނެސް ޕްރޮޓެކްޝަން ބިލާއި‬ ‫ހެއްކާބެހޭ ބިލު ފަދަ ޤާނޫނުތައް ވުޖޫދަށް އައުމުން މިފަދަ މައްސަލަތަކުގައި ދަޢުވާކުރާއިރު އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު‬ ‫ހޯދުމަށް ފަސޭހަވެގެން ދާނެކަން ފާހަގަކުރެވެއެވެ‪.‬‬ ‫ ‪45.‬ކޯވިޑް‪ 19-‬އާއި ގުޅިގެން އައި ފުރަބަންދުގެ މުއްދަތަށް ފަހު ވަކި ޖިންސަކަށް ވީތީ އަނިޔާކޮށްގެން ނުވަތަ ގެވެށި އަނިޔާކޮށްގެން‬ ‫ހުށަހެޅުނު މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪52‬‬ ‫ ‪46.‬އަންހެނަކު ގެއިން ބޭރަށް ނުދެވޭގޮތަށް ގޭގައި ބަންދުކޮށްފައިވާކަމަށްބުނެ ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ހިންގުނު ތަޙްޤީޤުގައި‬ ‫ކޮމިޝަނަށް ފާހަގަކުރެވިފައިވާ ގޮތުގައި‪ ،‬އަންހެން މީހާއަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާއިރު އެފަދަ އެހީތެރިކަމެއް‬ ‫ލިބިފައި ނުވާކަމާއި‪ ،‬އަންހެން މީހާ އަކީ މުޖުތަމަޢުން އެކަހެރިވެ މުޖުތަމަޢުގެ ޢާއްމުންނާއެކު އުޅޭ މީހެއް ނޫންކަން އޭނާގެ‬ ‫ވާހަކަތަކާއި އަދި ޢަމަލުން ފާހަގަކުރެވިފައިވާތީ‪ ،‬އޭނާ މުޖުތަމަޢަށް ނެރެ ރީއިންޓަގްރޭޓްކޮށް‪ ،‬އޭނާ ބާރުވެރިކުރުވަން މަސައްކަތް‬ ‫ކުރަންޖެހޭކަމާއި‪ ،‬މިފަދަ ކޭސްތަކުގައި މަސައްކަތްކުރާނޭ ވަކި ޕްރޮސީޖަރއެއް ކަނޑައެޅިފައި ނެތްކަމާއި‪ ،‬ވިކްޓިމައިޒް ވެފައިވާ‬ ‫ފަރާތްތައް ގްރޫމް ކުރެވިފައިވަނީ ކިހާ މިންވަރަކަށްކަން އެނެލައިޒް ކުރެވޭނެ އުސޫލެއްޤާއިމު ކުރެވިފައިނުވާކަމާއި‪ ،‬އަތޮޅު ތެރޭގައި‬ ‫އެފަދަ ޓްރެއިނިންގއެއް ލިބިފައި ހުރި މުވައްޒަފުން ނެތްކަންވަނީ ފާހަގަކުރެވިފައެވެ‪.‬‬ ‫‪53‬‬ ‫ ‪47.‬އަންހެނުންނަށް ކުރާ އަނިޔާއާ ގުޅިގެން ކޮމިޝަނަށް ‪ 9‬މައްސަލަ ހުށައަޅާފައިވެއެވެ‪ .‬އޭގެ ތެރޭގައި ނަފްސާނީ އަނިޔާ‬ ‫ލިބިފައިވާކަމަށްބުނެ ހުށައަޅާފައިވާ މައްސަލައާއި ޖިސްމާނީ އަނިޔާ ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ޖިންސީ ފުރައްސާރަ‬ ‫ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ގެވެށި އަނިޔާގެ މައްސަލައާއި ޖިންސީ ގޯނާގެ މައްސަލަ ހިމެނެއެވެ‪ .‬ޤާނޫނުއަސާސީއާއި‬ ‫ކަމާގުޅުންހުރި އެހެން ޤާނޫނު ތައްކަމުގައިވާ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ‬ ‫ޤާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ރިޢާޔަތްކޮށް ކޮމިޝަނަށް ހުށައެޅޭ މިބާވަތުގެ މައްސަލަތަކަށް ރިޢާޔަތްކުރާއިރު‬ ‫ވަޒީފާގެ މާޙައުލުންނާއި ޢާއިލާގެ ތެރެއިންނާއި މުޖުތަމަޢުގެ ތެރެއިން އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި‬ ‫ޤާނޫނީ ބާރުވެރިކަން ލިބިފައިވާކަން ފާހަގަކުރެވެއެވެ‪ .‬އެހެންނަމަވެސް މި ޤާނޫނުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުން‬ ‫ހޭލުންތެރިވެފައި ނުވުމުގެ ސަބަބުން މިފަދަ މައްސަލަތައް މަދުކުރުމަށް ކަމާގުޅުންހުރި އިދާރަތަކަށް ގޮންޖެހުންތަކާ ދިމާވެއެވެ‪.‬‬ ‫ހަމައެހެންމެ‪ ،‬ހުށައެޅޭ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމަށް ބޭނުންވާ ހެކި ހޯދުމަށް މިފަދަ މައްސަލަތަކުގައި އުނދަގޫކަންވެސް‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪26‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

اختر الفقرة المستهدفة3