‫‪ 3.2‬މިން ީތގެ ހަމަހަމަކަމާއި ސް ީޓރިއޯޓައިޕްސް‬ ‫ޤާނޫނު ނަންބަރު ‪( 18/2016‬ޖެންޑަރ އިކުއަލިޓީގެ‬ ‫ޤާނޫނު)ގެ މަޤްޞަދަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން‬ ‫ލިބިދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަން‪ ،‬ވަކި ޖިންސަކަށް‬ ‫ނުވަތަ ޖެންޑަރއަށް ބަލައި ތަފާތުކުރުމެއްނެތި‪ ،‬ހަމަ ކޮންމެ‬ ‫މީހަކަށްވެސް ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުމެވެ‪.‬‬ ‫އަންހެނުންނާއި ފިރިހެނުންގެ ދައުރާމެދު ޢާއްމުކޮށް ހުރި‬ ‫ގަބޫލުކުރުންތަކާއި‪ ،‬ވަކި ޖިންސެއްގެ މީހުންނަކީ މޮޅު ބައެއްކަން‪،‬‬ ‫ނުވަތަ ވަކި ޖިންސެއްގެ މީހުންނަކީ ނިކަމެތި ބައެއްކަމަށް ދެކި‬ ‫ހިންގާ އަމަލުތަކާއި‪ ،‬ވަކި ކޮޅަކަށް ބުރަވުމާއި‪ ،‬އާދަތަކުގައި‬ ‫ހުރި އެފަދަ ކަންކަން ނައްތާލުމުގެ މަޤްސަދުގައި‪ ،‬އިޖްތިމާޢީ‬ ‫އަދި ސަގާފީ ގޮތުން ކަންކަން ކުރެވޭ ގޮތްތައް ބަދަލުކުރުމަށް‬ ‫ސީޑޯ ގެ ‪ 5‬ވަނަ މާއްދާއިން ދައުލަތަށް ލާޒިމްކުރެއެވެ‪.‬‬ ‫ ‪26.‬ކޮމިޝަނުން ޝާއިޢުކޮށްފައިވާ “ރިފްލެކްޓިންގ ‪ 15‬އިޔަރސް‪ -‬ދަ ރައިޓްސް ސައިޑް އޮފް ލައިފް” ސަރވޭގެ ހޯދުންތައް ދައްކާ‬ ‫ގޮތުން‪ ،‬އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމަޢު ބަލައިގަންނަ މިންވަރު ދަށްވަމުންދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪30‬‬ ‫ ‪27.‬މި ދިރާސާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ގިނަ އަންހެނުން ގަބޫލުކުރާ ގޮތުގައި ފިރިންނަށް ބޯލަނބަންވާނެކަމާއި‪ 31،‬މިންތީގެ‬ ‫ހަމަހަމަކަމަކީ އިސްލާމްދީނާ ފުށުއެރުން ހުރި ކަމެއްގެ ގޮތުގައި ގަބޫލުކުރެއެވެ‪.‬‬ ‫‪32‬‬ ‫ ‪28.‬ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހިންގެ ތެރޭގައި ‪ 35‬އަންހެނުން ހިމޭނޭކަން‬ ‫ހޯމް އެފެއާޒުން ‪ 2020‬ވަނަ އަހަރު ހިއްސާކޮށްފައިވާ މަޢުލޫމާތުން‬ ‫ކޮމިޝަނަށް މިނިސްޓްރީ އޮފް‬ ‫ފާހަގަކުރެވިފައިވެއެވެ‪ 33.‬ނަމަވެސް ކޮމިޝަނަށް ކަމާއި‬ ‫ގުޅުންހުރި އެހެން މުއައްސަސާތަކުން ހިއްސާކޮށްފައިވާ ސިއްރު މައުލޫމާތާއި މި މަޢުލޫމާތާއި ފުށުންއެރުން ހުރިކަމާއި މި‬ ‫އަދަދު މިއަށްވުރެ ގިނަކަން ފާހަގަކުރެވިފައިވެއެވެ‪ .‬ހަނގުރާމަވެރި ޖަމްޢިއްޔާތައް ހަރަކާތްތެރިވާ ޤައުމުތަކަށް ދަތުރުކޮށްފައިވާ‬ ‫އަންހެނުން އެތަންތަނަށް ގޮސްފައިވަނީ އަމިއްލައަށް ބޭނުންވެގެންކަމަށާއި ނަމަވެސް ކަމާގުޅުން ހުރި މުއައްސަސާތަކަށް މައުލޫމާތު‬ ‫ހިއްސާކުރާއިރު‪ ،‬ހަނގުރާމަވެރި ޤައުމުތަކަށް ގޮސްފައިވަނީ މަޖްބޫރީ ހާލަތުގައިކަމަށް ބުނާކަމަށާއި މިގޮތަށް ބުނަނީ ދަޢުވާ‬ ‫އުފުލުމުން ސަލާމަތްވުމަށް ކަމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުންދެކޭކަން ފާހަގަކުރެވިފައިވެއެވެ‪ 34.‬ހަނގުރާމަވެރި ގައުމުތަކަށް‬ ‫އަންހެނުން ދާ މަޤްސަދު ދެނެގަތުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތްކުރެވިފައި ނެތްކަމާއި‪ ،‬އަންހެނުން ހަނގުރާމަވެރި‬ ‫ގައުމުތަކަށް ދަނީ މަޖުބޫރީ ހާލަތެއް ނެތި އަމިއްލައަށް ބޭނުންވެގެންކަމުގައި ނިންމަންވާނީ އެކަށީގެންވާ ހެކީގެ މައްޗަށް‬ ‫ބިނާކޮށްކަން ކޮމިޝަނުން ފާހަގަކުރަމެވެ‪.‬‬ ‫ ‪29.‬ގައުމީ މަންހަޖު އެކުލަވާލުމުގައި މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށްފައިވީނަމަވެސް‪ ،‬ޓީޗަރުންގެ މެދުގައި ޖެންޑަރ‬ ‫ސްޓީރިއޯޓައިޕްސްއާއި މިންތީގެ ހަމަހަމަކަމަށް ހޭލުންތެރިވެފައިވާ މިންވަރު ކުޑަވުމުގެ ސަބަބުން‪ ،‬ކުދިންނަށް ކިޔަވައި ދިނުމުގައި‬ ‫އެންމެ އެކަށީގެންވާގޮތަށް މިބައިތައް ބުނެނުދެވޭކަން ކޮމިޝަންގެ އެޑްވޮކަސީ މަސައްކަތުން ފާހަގަކުރެވެއެވެ‪.‬‬ ‫ ‪30.‬ބައެއް މީޑިއާގައި ރިޕޯޓުކުރުމުގައި މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ޙައްޤުތަކަށް އެންމެ ފުރިހަމައަށް ހޭލުންތެރިވެފައި‬ ‫ނުވާކަމާއި ރިޕޯޓުކުރުމުގައި އަނިޔާގެ ޝިކާރައަށް ވާ އަންހެނުން އިތުރަށް އަނިޔާއަށް ހުށަހެޅޭކަން ކޮމިޝަނުންގެ މީޑިއާ‬ ‫މޮނިޓަރިންގ މަސައްކަތުން ފާހަގަކުރެވެއެވެ‪ .‬މީޑިއާގައި އަންހެނުންގެ ޙައްޤުތަކާގުޅޭ މަޢުލޫމާތު ގެނެސްދިނުމާ ގުޅޭގޮތުން މީޑިއާގެ‬ ‫ފަރާތްތައް ހޭލުންތެރިކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމާއި‪ ،‬ކުރެވިފައިވާ މަސައްކަތްތަކުންވެސް އެކަށީގެންވާ‬ ‫ނަތީޖާ ޙާޞިލުކުރެވިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪35‬‬ ‫ ‪31.‬އިންސާނީ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ފަރާތްތަކަށް އިންޒާރުލިބޭކަމާއި އެފަރާތްތައް ސްޓިގްމަޓައިޒްވާކަމަށް‬ ‫އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ކޮމިޝަނާ ހިއްސާކޮށްފައިވާ މަޢުލޫމާތުން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪36‬‬ ‫ ‪32.‬ދިވެހިރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ‪ 6%‬މީހުންނަކީ އަންހެނުންނެވެ‪ 37.‬ޢާއްމުގޮތެއްގައިވެސް އަންހެނުންނަކީ‬ ‫މުޖްތަމަޢުގައި ޚާއްޞަރައްކާތެރި ކަމަށް ބޭނުންވާ ބަޔަކަށްވީ ހިނދު‪ ،‬ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި އަންހެން ކުދިން‬ ‫އަދި ބިދޭސީ އަންހެނުންގެ ހާލަތު އިތުރަށް ނިކަމެތިވެގެންދާކަން ފާހަގަކުރަމެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪23‬‬

اختر الفقرة المستهدفة3